11 އަހަރުގެ ކުޑަ ކުއްޖަކު ނޫރު މިސްކިތުގައި ތަރާވީހު ނަމާދުކުރަން ހަމަޖައްސައިފި

އިސްލާމިކް މިނިސްޓަރު ޑރ. ޝިހާމް އިޒްކާން އާއި ބައްދަލު ކުރައްވަނީ /ފޮޓޯ: އިސްލާމިކް މިނިސްޓްރީ

11 އަހަރުގެ ކުޑަ ކުއްޖަކު ކުރިއަށް އޮތް ރޯދަ މަހު ނޫރު މިސްކިތުގައި ތަރާވީހު ނަމާދުކުރަން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައ ިނޫރު މިސްކިތުގައި ތަރާވީހު ނަމާދުކުރަން 11 އަހަރުގެ ކުޑަކުއްޖަކު ވަނީ ހަމަޖައްސާފައެވެ. އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ އަލްހާފިޒް އިޒްކާން އަޖީބު ހުސެއިންއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިޒްކާން އާއި މިއަދު ބައްދަލު ކުރައްވާ މިހާ ޅަ އުމުރުގައި އިޒްކާން ހޯއްދެވި ފާހަގަކޮށްލެވޭ ކާމިޔާބީ ފާހަގަކުރައްވައި، އިޒްކާންއަށް ހިތްވަރުދެއްވާފައެވެ.

އަދި އިޒްކާން ދެމުންގެންދާ ހިދުމަތަށް ޝުކުރުވެރިވާކަމަށް މިނިސްޓަރު ވަނީ ޝުކުރު ވިދާޅުވެފައެވެ.

 

 

ގުޅުންހުރި