-Advertisement-

-Advertisement-

ރޯދައިގެ ފަހުން އިންތިހާބު އޮންނަ ގޮތަށް ރައީސް ބިލް ތަސްދީގުކުރައްވައިފި

ރޯދައިގެ ފަހުން އިންތިހާބު އޮންނަ ގޮތަށް ރައީސް ބިލް ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.ކެނދިކުޅުދޫގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލް ތަސްދީގުކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާކަމަށާ، ބަންޑާރަ ނާއިބު ދެއްވަވާ ލަފާފުޅަކާ އެއްގޮތަށް ޢަމަލުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ބަންޑާރަ ނައިބު ބިލް ތަސްދީގުކުރަން ލަފާފުޅުދެއްވުމުން ރައީސް އެ ބިލް ދާދި ދެންމެއަކު ވަނީ ތަސްދީގުކުރައްވާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހާ ދިމާވާތީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މި މަހުގެ 11 ވަނަ ދުވަހު ފާސްކޮށް، 12 ވަނަ ދުވަހު އެ ބިލު ތަސްދީގުކުރުމަށް ވަނީ ފޮނުވައިފައެވެ.

ނަމަވެސް އެ ބިލް ރައީސް ތަސްދީގު ނުކުރައްވާ އަލުން ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މަޖިލީހުން ވަނީ މެޖޯރިޓީއާއެކު ދެވަނަ ފަހަރަށް ބިލް ފާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-