-Advertisement-

-Advertisement-

ހާއްސަ ކެރިއާ ގައިޑެންސް ސެޝަނެއް މާޗު 4 ގައި!

އެމްއެންޔޫ

ހަޔާ އެޑިއުކޭޝަންގެ ފަރާތުން ހާއްސަ ކެރިއާ ގައިޑެންސް ސެޝަނެއް އަންނަ މާޗު4 ވާ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ސެޝަން ކުރިއަށް ދާނީ އަންގާރަ ދުވަހު ހަވީރު04:00-06:00 އަދި އެރޭ08:00-10:00 އާ ހަމައަށެވެ

މި ސެޝަން ކުރިއަށް ގެންދަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައެވެ. މި ސެޝަނުގައި ކެރިއާ ގައިޑެންސްގެ އިތުރުން ތަފާތު އެކިކަހަލަ ހުނަރުތައް ދަސްކޮށްދިނުންވެސް ކުރިއަށް ދާނެއެވެ.

މި ސެޝަނުގައި މިހާތަނަށް ބައިވެރިވެފައިވާ އެސްއޯއީތަކަކީ:

  • އެމްޕީއެލް
  • ސްޓެލްކޯ
  • ދިރާގު
  • އެމްޓިސީސީ
  • އައިއޭއެސް
  • އާރްޑީސީ
  • އެމްއޭސީއެލް

މުސަތްގުބަލު އުޖާލާކުރުމަށް “ދާލަން”ގެ ނަމުގައި ހިންގާ މި ސެޝަނަކީ ކެރިއާ ގައިޑެންސް އަދި ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދެވިގެންދާނެ ސެޝަނެކެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-