ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ ޑޭޝް 8-200 މަރުކާގެ ބޯޓަކާއި ސީޕްލޭނެކެވެ. މި ދެ ބޯޓުގައި ވަނީ އެމަޖެންސީހާލަތުގައި ބަލި މީހަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގާއިމުކޮށްފަ އެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކުތަމްރީންކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުންނެވެ.
ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މިހިދުމަތް މިހާރު ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލްސާވިސް ނިޒާމުގެ ތެރޭގައި ހިމަނާފަ އެވެ.
އެއާ އެމްބިއުލާންސްގައި އެއް ފަހަރާ ދެ ބަލި މީހުން އުފުލޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިއްޔެ ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް މިއަދުހިދުމަތަށް ނެރުނު ސީޕްލޭންގައި އުފުލެނީ އެންމެ މީހެކެވެ.