-Advertisement-

-Advertisement-

‎ރޯދައިގެ ފަހު ދިހައެއްގައި އިމިގްރޭޝަންގެ ހިދުމަތްތައް ލިބޭނެ ދުވަސްތައް އާންމުކޮށްފި

ފޮޓޯ؛ މޯލްޑިވްސް އިމިގްރޭޝަން

ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ރަސްމީކޮށް ބަންދުކޮށްފައިވިޔަސް މޯލްޑިވްސް އިމިގްރޭޝަނުން ބައެއް ދުވަސްތަކުގައި ހިދުމަތް ދޭން ނިންމައި، އެދުވަސްތައް  އިއުލާން ކޮށްފިއެވެ.

އެ އިއުލާނުގައި ބުނީ އޮންލައިންކޮށް 24 ގަޑިއިރު ޕާސްޕޯޓުގެ ހިދުމަތަށް އެދެވޭނެ ކަމަށާއި  65 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާމީހުންގެ އެޕްލިކޭޝަން ފޯމު ބަލައިގަތުން ހެނދުނު 9:00 އިން މެންދުރު 13:00 އާ ހަމަށް ކުރިއަށް ދާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އިމިގްރޭޝަންގެ ހިދުމަތް މާލެއިން ލިބޭނެ ދުވަސްތައް:

– 31 މާޗުން 4 އޭޕްރީލްގެ ނިޔަލަށް

– 7 އޭޕްރީލުން 9 އޭޕްރީލަށް

އެ ދުވަސްތަކުގައި ޕާސްޕޯޓު ދޫކުރުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށެވެ. އަދި ޕާސްޕޯޓް ދޫކުރާނީ ހެނދުނު9:00 އިން ހަވީރު 17:00 ގެ ނިޔަލަށެވެ.

އިމިގްރޭޝަނުގެ އިއުލާނުގައި ބުނީ ކުއްލި ހާލަތެއް މެދުވެރިވެގެން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ޕާސްޕޯޓް ހިދުމަތް ހޯދަން ގުޅާނީ 9555333 އަށްކަމަށެވެ.

އިއުލާނުގައިވާ ގޮތުން ވޯކް ވިސާއާއި އެހެން ވިސާތަކަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނީ ހެނދުނު 10:00 އިން 16:00 އަށެވެ. ވިސާގެހިދުމަތްތައް ފަހު ދިހައެއްގައި ލިބޭނީ ހަތަރު ދުވަހު އެވެ. އެއީ އޭޕްރީލް، 1، 3، 7، އަދި 9 ގަ އެވެ.

ވޯކް ވިސާއަށް އެދި ޕާސްޕޯޓް ހުށަހެޅުން (އެޕޮއިންޓްމަންޓް އުސޫލުން) – ހެނދުނު 10:00 އިން 12:00 އަށް

ވޯކް ވިސާއަށް އެދި ޕާސްޕޯޓް ދޫކުރުން (އެޕޮއިންޓްމަންޓް އުސޫލުން) – ހެނދުނު 10:00 އިން 12:00 އަށް

ވޯކް ވިސާ ފިޔަވައި އެހެން ވިސާއަށް އެދި ޕާސްޕޯޓް ބަލައިގަނެ ވިސާ ދޫކުރުންހެނދުނު 10:00 އިން 12:00 އަށް

ރޯދަ މަހުގެ ފަހު ދިހައެއްގައި ވެސް އިމިގްރޭޝަނުގެ ހިދުމަތްތައް ދޭން ނިންމާފައިވާއިރު ރައީސް އޮފީހުން ފެބްރުއަރީ މަހުގެ ކުރީކޮޅު ކުރި އިއުލާނުގައި ވަނީ ރޯދަމަހުގެ ފަހު ދިހައެއް ބަންދުކޮށް، އެ މުއްދަތުގައި މުއައްސަސާތަކާއި ކުންފުނިތަކުން އަމަލުކުރާނެ ގޮތް އަންގައިދޭން އެދިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-