-Advertisement-

-Advertisement-

‎މިއަދުން ފެށިގެން ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާނީ 750 ރުފިޔާ

ފޮޓޯ: އެޓޯލް ޓައިމްސް

މާލެ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކޮށްފިއެވެ.

ވެމްކޯގެ ފަރާތުން މައުލޫމާ ލިބިފައިވާ. ގޮތުގައި  މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީމިމަހުން ފެށިގެން ކުޑަވާނެއެވެ. އެގޮތުން މީގެ ކުރިން ޓްރާންސްފަރ ސްޓޭޝަންތަކަށް ޢާންމުން ގެންނަ ކުނި ޓަނަކަށް 1060 ރުފިޔާނެގިނަމަވެސް މިއަދުން ފެށިގެން ނަގާނީ 750 ރުފިޔާއެވެ.

އަދި ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކުން، ކުނި އުކާލަން އަންނަ ކޮންމެ އުޅަނދަކަށް ޢާންމުންނަށާއި، ސަރުކާރާއި ސަރުކާރުހިއްސާވާ ކުންފުނިތަކުން ނަގާނީ 150 ރުފިޔާގެ ފީއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި މި ފެސިލިޓީތަކަށް ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ޗާރޖުކުރާނީ 2660 ރުފިޔާކަމަށްވެސް ވެމްކޯއިން ވަނީ ކަނޑައަޅާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-