-Advertisement-

-Advertisement-

ރ އަދި ބ އަތޮޅަށް ރައީސް ފުރާވަޑައިގެންފި

ރައީސް ޑރ. މުއިއްޒު /ފޮޓޯ: ރައިސްއޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ އަދި ބ އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ތިން ދުވަހުގެ މި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރައީސް ވަޑައިގަންނަވާނީ ރ. އަލިފުއްޓަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެކި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި އެ 2 އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، 2 އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި 2 އަތޮޅުގެ އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފަިވެއެވެ.

ރައީސް ވިދާޅުޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށެވެ.

ފެބްރުއަރީއިން ފެށިގެން ރައީސް ވަނީ އައްޑޫ، ފުވައްމުލައް، ގދ. އަތޮޅު ގއ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު އަދި ނ. އަތޮޅަށް ވަޑައިގެންފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-