-Advertisement-

-Advertisement-

އަލިފާނުގެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ ފަރުވާދެނީ

ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރި ވަނީ / ފޮޓޯ: އިޔާން - ނިއުސްލެބް

މާލޭ، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާ ކައިރީގައި ހުރި އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިިފިއެވެ.

އެއީ ބިދޭސީއަކާއި އުމުރުން ދުވަސްވީ ދެ ދިވެއްސެކެވެ. ބިދޭސީ މީހަގެ ފައި ފިހިފައި ވާކަމަށާއި ދުމުގެ ސަބަބުން އުމުރުން ދުވަސްވީ ދެ ދިވެހިންނަށް ގެއްލުން ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާނުގެ ހާދިސާ ހިނގީ އަވަނެއް އޯވާ ހީޓްވެގެންނެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުންގެ މަސައްކަތުން، 18:23 ހާއިރު އަލިފާން ކޮންޓްރޯލްކުރެވިފައި ވާ ކަމަށް ވަނީ ބުނެފައެވެ.

ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް، ފުލުހުންނާއި އެމްއެންޑީއެފްއިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-