-Advertisement-

-Advertisement-

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަން ތައްޔާރުވަނީ

ރައީސް ޑރ. މުއިއްޒު

ދިވެހި ދައުލަތުގެ އަމިއްލަ ވަސީލަތްތައް ގާއިމުކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ މަސައްކަތް މިމަހު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

ރައީސް މިހެން ވިދާޅުވީ މިހާރު ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ރ އަތޮޅު މީދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ބިމުގެ ބޮޑުމިނަށް ވުރެ އެތައް ގުނަ ބޮޑު ސަރަހައްދެއް ކަމަށާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިއަދާ ހަމައަށްވެސް ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ 99 ޕަސަންޓަކީ ކަނޑު ކަމަށްވެފައި އެއީ މަސްވެރިކަމުން ނަފާ ހޯދޭނެ ސަރަހައްދަކަށްވީ ނަމަވެސް ރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރީގެ ކުޑަ ސަރަހައްދެއް ނޫނީ މިހާތަނަށް ބެލެހެއްޓިފައި ނެތް ކަމަށެވެ.

“އެހެންކަމުން، މި ބޮޑު ސަރަހައްދުން އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިއަސް ހަގީގަތުގައި އަޅުގަނޑުމެން ކުރާނެ ބޭނުމެއް ނެތް. އަދި އޭގެން ކޮންމެ ފަދަ ނުރައްކަލެއް އަޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯވޭ،” ރައީސް ވިދާޅުވި އެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-