-Advertisement-

-Advertisement-

ވަގަށް އަނބު ބިން މީހަކު ހައްޔަރު ކޮށްފި

ފޮޓޯ؛ އައްޑޫ ލައިވް

މާލޭގެ ގެއަކުން ވަގަށް އަނބު ބިން މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާ އަނބު ކޮތަޅު ހިފައިގެން ފިލަން ވަދެ އޮތީ ފަޅުގައި އަޅާފައި އޮތް ދޯންޔެއްގެ ވަތުގައިއެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި ބުނެފައިވަނީ، ގއ. ދާންދޫ، ފިޔާތޮށިގެ، އުމުރުން 37 އަހަރުގެ ޖިނާހު ރަޝީދު، މއ. ކޮލިގޭ ގަހުން ވަގަށް އަނބު ބިނދެފައިވާ ކަމަށެވެ.

އޭނާ ދޫކޮށްފިނަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބަލައިގެން ކްރިމިނަލް ކޯޓުން ވަނީ ކަސްޓޯޑިއަލް ޖަލެއްގައި އޭނާ 15 ދުވަހު ބަންދު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ޖިނާހު އަކީ ކުށުގެ ރެކޯޑު އޮތް އަދި ކުށުގެ ވެށީގައި އުޅެމުން އަންނަ މީހެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-