-Advertisement-

-Advertisement-

ބަދަލުގެ ގޮތުގައި 56 މިލިއަން ރުފިޔާ ދޫކޮށްފި

ސަރުކާރުން ބަދަލުގެ ގޮތުގައި މިއަހަރު 56 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާ މިއީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ އަދަދެވެ.

ދައުލަތުގެ ބަޖެޓުގައި މިއަހަރު ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާ އެވެ.

ބަދަލުގެ ގޮތުގައި ދޭން މިދިޔަ އަހަރު ބަޖެޓުގައި 101 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ ދީފައިވާކަން ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.

ބަދަލުގެ ގޮތުގައި ފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް ފިނޭންސް މިނިސްޓްރީގެ ފަރާތުން ހާމަ ކޮށްފައި އެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-