-Advertisement-

-Advertisement-

400 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

ފުލުހުން ހޯދި މަސްތުވާތަކެތި/ފޮޓޯ: ފުލުހުން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 400 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މިއަދު ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސްއެވެ.

އެއީ:

  • ހެރޮއިން – 66،012.5786 ކިލޯ
  • ކެނަބިސް – 14،304.4729 ކިލޯ
  • މެތް – 6،873.7369 ކިލޯ
  • ކޮކެއިން – 9،769.0366 ކިލޯ
  • ކެނިނޯން – 6،251.7878 ކިލޯ
  • ކެޓަމިން – 463.6739 ކިލޯ
  • އެލްއެސްޑީ – 0.0424 ކިލޯ

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި، ދާހިލި ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހްސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-