-Advertisement-

-Advertisement-

ދަރަނީގެ މައްސަލައެއްގައި ޖާބިރުގެ ބޭންކު އެކައުންޓު ހިފަހައްޓަން ކުރި އަމުރު ބާތިލްކޮށްފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ދަރަނީގެ މައްސަލައެއްގައި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ބޭންކު އެކައުންޓު ހިފަހައްޓަން ކުރި އަމުރު ބާތިލްކޮށްފިއެވެ.

އޭނާގެ ބޭންކު އެކައުންޓުތައް ހިފަހައްޓާފައިވަނީ މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހިއްސާ ގަތުމަށް ވި އެއްބަސްވުމެއްގެ ދަށުން، ރިސޯޓު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައްކަން ޖެހޭ ފައިސާއެއް ނުދީ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނާ ގޮތުން އެ އެއްބަސްވުމުގެ ދަށުން ޖާބިރު 750،000 އެމެރިކާ ޑޮލަރު ދައްކަން ޖެހެ އެވެ. އެއިން މިހާތަނަށް އަދާކޮށްފައިވަނީ 100،000 އެމެރިކާ ޑޮލަރެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ބާކީ ނުދައްކާ 600،000 އެމެރިކާ ޑޮލަރު ހޯދުމަށެވެ. އަދި އެ މައްސަލަ ކޯޓުން ނިމެްންދެން އެ އެކައުންޓުތައް ފުރީޒުކޮށްދޭން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވެއެވެ.

ނަމަވެސް އޭގެ ފަހުން ޖާބިރުގެ ފަރާތުން ވަނީ އެ ކޯޓު އަމުރު މުރާޖައާކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅައިފައެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ، ކޯޓު އަމުރު މުރާޖައާ ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމާއި އެއާއެކު ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކަށް ބަލާއިރު ޖާބިރުގެ ނަމުގައި ހުރި މުދާ ވިއްކައިގެން ދަރަނި ހަލާސް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ވަގުތީ އަމުރު ނެރެދިނުމުގައި ފުރިހަމަވާންޖެހޭ ތިން ޝަރުތު ތަކުގެ ތެރެއިން ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް މިހާރު އޮތް ކަމަށް ޝަރިއަތަށް ބުރަ ނުވެވޭކަމަށެވެ.

މިއާއެކު ޖާބިރުގެ ބޭންކު އެކައުންޓު ހިފަހައްޓަން ކުރި އަމުރު ވަނީ ބާތިލްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-