-Advertisement-

-Advertisement-

އާރުޑީސީގެ ހިޔާނަތުގެ މައްސަލައިގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރި ވެފައިވޭ: ފުލުހުން

ފުލުހުން / ފޮޓޯ: ރައސިްއޮފީސް

އާރުޑީސީގެ ހިޔާނަތުގެ މައްސަލައިގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރި ވެފައިވާކަމަށް ފުލުހުން ހިންގި ތަހުގީގުން ހާމަވާ ކަމަށް ބުނެފިއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ފުލުހުން ބުނީ، އާރްޑީސީގެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއާއި ފުލުހުން އެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބަލަމުން އައި އިރު ފާހަގަ ކުރެވުނު ކަންކަން ހިއްސާ ކުރަމުން ފުލުހުން ބުނީ، އާރްޑީސީގެ އެކައުންޓުން އެކި މުވައްޒަފުންގެ އެކައުންޓްތަކަށް ފޮނުވާފައިވާ ކަމަށާއި އަދި އެ ފައިސާ އަކީ ކޮން ބޭނުމަކު ފޮނުވާފައިވާ ފައިސާއެއް ކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެތައް މުވައްޒަފުންތަކެއްގެ އެކައުންޓަށް ފައިސާ ފޮނުވާފައިވާ އިރު، އެކެއްގެ އެކައުންޓަށް 200 އަށް ވުރެ ގިނަ ޓްރާންސެކްޝަންތައް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެއިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލާގައި ހިމެނޭ ފައިސާ ދައުރުކޮށްފައިވަނީ 2018 އިން ފެށިގެން ސެޕްޓެމްބަރު، 2022 އާ ހަމައަށެވެ.

މީގެއިތުރުން އެ މައްސަލަ ތަހުގީގު ކުރުމަށް ނޮވެމްބަރު، 2023، ގައި ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ އުނދަގޫ މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-