މަޖިލިސް އިންތިހާބު އޮންނަ ދުވަސް ސަރުކާރު ބަންދު ކުރާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖިލީސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް އެއީ ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގު ކުރައްވާފައެވެ.
އީސީން ވަނީ ޖެހިގެން އަންނަ އެޕްރީލް 22, ވެސް ބަންދުކުރުމަށް އެދިފަ އެވެ. ނަމަވެސް, އެކަމުގައި ސަރުކާރުން އަދި ގޮތެއް ނިންމާފައި ނުވެއެވެ.
އީސީން އެޕްރިލް 21، ވާ އާދީއްތަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، އިންތިހާބު އިތުރަށް ލަސްކޮށްގެން އާ މަޖިލިސް އިންތިހާބު ނުކުރެވޭނެތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަސް ރަސްމީ ބަންދު ނޫން ދުވަހަކަށް ހަދާފައިވަނީ އެމަނިކުފާނުގެ ނުފޫޒުން، ރައްޔިތުން ވޯޓުލިޔަ ނުދިނުމަށް ކަމަށް ތުހުމަތުކުރަމުންދާ ކަމަށެވެ. ނަމަވެސް އެގޮތަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރިޔަސް، އެއީ ހަގީގަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.