-Advertisement-

-Advertisement-

ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅަން ނިންމައިފި

ފުލުހުން

ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ  ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް އަދި އިމަޖެންްސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންކަމުން މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގައި ޕާކިން ޒޯނުތައް ފިޔަވައި އިތުރު ތަންތާ ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެެވެ.

ފުލުހުން ބުނީ މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

ފުލުހުން ވަނީ ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ތަންތަން:

  • ގްރީން ޒޯން
  • ޕަބްލިކް ޓްރާންސްޕޯޓު ދުއްވާ މަގުތައް
  • މަގުތަކާއި ގޯޅި ތަކުގެ ކަންމަތި
  • ސުކޫލުތައް ހިމެނޭ ސަރަހައްދު
  • އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލްތައް އަދި ގަރާޖުތައް
  • އާންމު ގޭބީސީއަށް އުނދަގޫ ވާނެހެން ޕާކް ކުރާ އުޅަނދުތައް
  • މިސްކިތްތައް
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ތަންތަނެވެ.

ފުލުހުން ވަނީ މާޗު7 ގެ ފަހުން ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-