-Advertisement-

-Advertisement-

އިދިކޮޅަށް ރައީސްގެ ރައްދު: މާތްﷲ ގަންދީ ހުވާކޮށްގެން ހުރެ ދޮގެއް ނުހަދާނަން

ރައީސް ދުވާފަރުގައި ވާހަކަ ދައްކަވަނީ

މާތްﷲ ގަންދީ ހުވާކޮށްގެން ހުރެ ދޮގެއް ނުހައްދަވާނެކަމަށާއި ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ދޮގު ހައްދަވާ ކަމަށް އިދިކޮޅުން ބުނަމުން ދިޔަ ވާހަކަތަކަށް ރައީސް ރައްދުދެއްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރ. ދުވާފަރުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ދޮގު ހެދުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި ހުންނެވީ މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ކަމަށެވެ. އަދި ހުވައިގެ ކޮންމެ ލަފުޒެއް ވެސް މުހިންމު ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އޭޕްރީލް 21 ވަނީ އާދިއްތަ ދުވަހެއްކަމުން ރަސްމީ ދުވަހެއްގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިދިކޮޅު ފަރާތްތަކުން ބުނީ އެ ދުވަސް އިއުލާން ކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ކަމުގައި ނަމަވެސް އެ ނިންމުމަށް ރައީސް މުއިއްޒުގެ ނުފޫޒު އޮތްކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރ. ދުވާފަރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ތާރީހު ކަނޑައެޅީ އެމަނިކުފާނު އަންގަވައިގެން ކަމަށް ބުނެ ދައްކަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އިންތިހާބުގެ ތާރީހު ކޮމިޝަނުން ކަނޑައެޅި ހަބަރު އެކަމނިކުފާނަށް ފެނިވަޑައިގަތީ ނޫހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑަށް ވެސް ފެނުނީ ނޫހުން އާދިއްތަ ދުވަސް އިންތިހާބު ބާއްވަން ކަނޑައަޅައިފި ކަމަށް. އަޅުގަނޑު ވެސް ހިތަށް އެރި ކީއްވެބާއޭ އާދިއްތަ ދުވަސް މި ހެދީ. ދެން އަޅުގަނޑު އެހީމަ ބުނީ ގާނޫނު ފާސްކުރި ގޮތުން ބޭއްވެން އޮތް ދުވަހަކީ އެއީ،” ރައީސް 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-