-Advertisement-

-Advertisement-

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްފި

ޖީ ހުސައިން ޝަމީމް/ ފޭސްބުކް ފޮޓޯ: ޝަމީމް

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ ހުސް ދިވެހި ފިރިހެނުން ކަމަށާއި އެ މީހުން ހައްޔަރު ކުރީ ތަހުގީގަށް ކުރިއެރުން ލިބެމުންދިޔަ މިންވަރަކުން އެކި ފަހަރުމަތިން ކަމަށެވެ. އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ބަޔާނުގައި އެ އިދާރާއިން ބުނެފައިވެ އެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އެކި ދުވަސް މަތިން އެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އެ ހަމަލައަކީ ދުރާލާ ރާވައިގެން ހިންގި ކަމެއްކަން ތަހުގީގުން ހާމަވާކަމަށް ފުލުހުން މީގެ ކުރިން ބުނެފައި ވެއެވެ.

ޝަމީމަށް ހަމަލާ ދީފައި ވަނީ މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ހެނދުނު މާލޭ މަގުމަތީގައި ކަސްރަތަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށެވެ. ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުން ކޮށްގެންނެވެ.

މި ހަމަލާގައި ޝަމީމްގެ ވައަތަށް އަނިޔާވެ އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާވެސް ދީފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-