-Advertisement-

-Advertisement-

ރަމަޟާން މަހަށް ކަރަންޓު ބިލާއި ފެން ބިލް ކެޕް ކުރަނީ

ރައީސް ޑރ. މުއިއްޒު /ފޮޓޯ: ރައިސްއޮފީސް

ރަމަޟާން މަހު ކަރަންޓާއި ފެންބިލް ބޮޑު ނުވާނެ ގޮތަށް އެންމެ ބޮޑު ވާނެ މިންވަރު (ކެޕް) ކަނޑައަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިރޭ ބ. އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ވަރަށް ބޮޑުވެ، ރައްޔިތުންނަށް ތަކުލީފު ބޮޑުވާ ކަމަށެވެ. ނަމަވެސް، މިފަހަރު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ވެސް މިކަމުގެ މަޝްވަރާތައްކޮށް، އެ ކުންފުނިތަކުގެ ވެރިން އެކަމަށް އެއްބަސްވެފައި ވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސްޓެލްކޯއިން ފެނުގެ ޚިދުމަތްދޭ ހަ ރަށަކުން ނަގާ 30 ރުފިޔާގެ ޗާޖު ވެސް އުވާލަން ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-