-Advertisement-

-Advertisement-

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ސާފުތާހިރުކަން ކުޑަ – މާލެ ސިޓީ ކައުންސިލް

ސިއްހީ ވުޒާރާގެ އޮފީސް

މާލެ ސަރަހައްދުގައި ހިންގާ ކެފޭ / ރެސްޓޯރެންޓްތަކުގެ ތެރެއިން ގިނަ ތަންތަނުގައި ސާފުތާހިރުކަން ކުޑަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި ވަނީ ސިޓީ ކައުންސިލާއި ހުޅުމާލެ ހޮސްޕިޓަލާއި، އެޗްޕީއޭ އާއި އެޗްޑީސީ ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަކަށް ފަހު ނެރުނު ބަޔާނެއްގައެވެ.

މިދިޔަ މަހުގެ 18 އިން ފެށިގެން ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަންގައި މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑުގައި ހުރި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ވަނީ ބަލާފައިއެވެ.

މާލެ ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ކާބޯތަކެތީގެ ހިދުމަތް ދޭ ގިނަ ތަންތަނުގެ ސާފުތާހިރުކަން ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށާއި، ބިދޭސީން އެއްވެސް ހުއްދައެއް ނެތި ކާބޯތަކެތީގެ ހިދުމަތް ދެމުން ދިޔަ ކަމަށެވެ. އެޗްޕީއޭއިން އެފަދަ ތަންތަނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މާލެ ސިޓީ ކައުންސިލުން އިންސްޕެކްޝަން ކުރިއަށް ގެންދިޔައިރު އެ އިދާރާ އިން ނަގާފައި ހުރި ބައެއް ތަންތަނުގެ ވީޑިއޯތައްވެސް ހިއްސާކޮށްފައި ވާއިރު، ވީޑިއޯ ތަކުންވެސް ފެންނަނީ ކާބޯތަކެތީގެ ހިދުމަތް ދޭ ބައެއް ތަންތަނުގެ ސާފުތާހިރުކަން ކުޑަކަމާއި އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި ބައެއް ތަންތަނުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް މަންޒަރުތަކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-