-Advertisement-

-Advertisement-

މިދިޔަ މަހު 217،000 ފަތުރުވެރިން

ފޮޓޯ: އަވަސް އެމްވީ

ރާއްޖެއަށް މިދިޔަ ފެބްރުއަރީ މަހު 217،394 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ރާއްޖެއަށް މިދިޔަ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 22.2 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައީ 177،915 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 423،863 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ – 54،719 ފަތުރުވެރިން
  • ރަޝިއާ – 41،583 ފަތުރުވެރިން
  • އިޓަލީ – 39،962 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 37،942 ފަތުރުވެރިން
  • އިންޑިއާ – 27،224 ފަތުރުވެރިން
  • ޖަރުމަނު – 26،831 ފަތުރުވެރިން
  • ފްރާންސް – 17،231 ފަތުރުވެރިން
  • އެމެރިކާ – 13،543 ފަތުރުވެރިން
  • ޕޮލެންޑް – 10،513 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް – 9،398 ފަތުރުވެރިން

ރާއްޖެއަށް އެވަރެޖްކޮށް މިހާރު ދުވާލަކު 7،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-