-Advertisement-

-Advertisement-

‎މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

ފޮޓޯ: އަދަދު

ބ. އޭދަފުއްޓާއި ގާތްގަނޑަކަށް 945 މީޓަރު ދުރުގައި އޮންނަ ބ. މާއްޑޫ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ގަރާރުގައި ސޮއިކޮށްފި އެވެ.

އެ ގަރާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވަނީ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ އޭދަފުށީގަ އެވެ.

އޭދަފުށީގައި އޮތް ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި، ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއްހޯދުން ކަމަށެވެ. މާއްޑޫއަކީ އޭދަފުށީ ބައެއް ކަމަށް ހަމަޖެއްސި ލިޔުން އެ ހަފުލާގައި ކައުންސިލާ ހަވާލުކުރި އެވެ.

ރައީސް ވިދާޅުވީ އޭދަފުށްޓަކީ މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށާއި، ބޯހިޔާވަހިކަމުގެމަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނޭނެ ކަމަށެވެ.

މާއްޑޫއަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގައި ދިރިއުޅުނު މީހުން އޭދަފުއްޓަށް ބަދަލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެވެރިކަމުގައި ފެށި އެއްފަސްކުރުމުގެ މަސައްކަތުގެ ދަށުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-