-Advertisement-

-Advertisement-

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ޙާލު ސީރިއަސް

Breaking News 2

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ޙާލު ސީރިއަސްކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ވަރަށް ބާރަށް ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ނުކުރެވި އިމިގިރްޝަންގެ ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކް ކޮށްފައިވާ ވޭނެއްގައި ޖެހިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ހާދިސާގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށާއި، އޭނާ ފަހުން ޓްރީޓޮޕަށް ފަރުވާއަށް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ

ޓްރީޓޮޕް ހޮސްޕިޓަލްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާގެ ހާލު ކްރިޓިކަލްއެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ވޭނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-