-Advertisement-

-Advertisement-

ނެތެމުންދާ ސިނާއަތެއް ކަމުގައިވާ ލިޔެލާ ޖަހަން ދަސްކޮށްދޭ މަރުކަޒުތަކެއް ގާއިމުކުރަނީ

ތުޅާދޫގައި ކުރިއަށްގެންދިޔަ ލިޔެލާޖެހުމުގެ މައުރަޒެއް

ނެތެމުންދާ ސިނާއަތެއް ކަމުގައިވާ ލިޔެލާ ޖަހަން ދަސްކޮށްދޭ މަރުކަޒުތަކެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ތުޅާދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ލިޔެލާޖެހުމަކީ މިހާރު ނެތެމުންދާ ސިނާއަތެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ލިޔެލާ ޖެހުން ދަސްކޮށްދީ އެހެން ޖީލުތަކަށް އެކަން ފޯރުކޮށްދޭން މަރުކަޒެއް ގާއިމްކުރައްވާނެ ކަމަށެވެ.

އަދި ތުޅާދޫއަކީ ލިޔެލާ ޖެހުމުގެ މައުރަޒުތައް ކުރިއަށް ގެންގޮސް ރަނގަޅު ފައިދާއެއް ހޯދާ ރަށެއް ކަމަށާއި އެ މަނިކުފާނުގެ ވިސްނުންފުޅަކީ އެކަން އިޔާދަކުރުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

“ވަރަށް މަދު އަދި ނެތެމުންދާ ސިނާއަތެއް، ލިޔެލާ ޖެހުން ރާއްޖޭގެ ގައުމިއްޔަތާ ގުޅިފައިވާ، ދިވެހި ވަންތަކަމާ ގުޅިފައިވާ ކަމެއް. އަޅުގަނޑު ދަންނަވާފައިވާނެ ކެމްޕެއިން ތެރޭގައި އެކަން ރައްކާތެރިކުރުމަށްޓަކައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދީ، ކިޔަވައިދީ ދަސްކޮށްދޭ މަރުކަޒެއް ގާއިމްކުރަން ޖެހޭކަން. އެކަން ހަނދާން އެބަހުރި. އެއީ ގައުމީ މަސައްކަތެއް،” ރައީސް

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-