-Advertisement-

-Advertisement-

ބަޔާން ބާތިލު ނުކުރަން، ކެނދިކުޅުދޫ ކައުންސިލުން ނިންމައިފި

ކެނދިކުޅުދޫ ކައުންސިލުގެ މެމްބަރުން އަނގަމަތީގައި ޓޭޕު އަޅައިގެން / ފޮޓޯ: މިހާރު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލު ކުރަން ކެނދިކުޅުދޫ ކައުންސިލަށް އެންގި ބަޔާން ބާތިލު ނުކުރަން އެ ކަައުންސިލުން މިއަދު ނިންމައިފިއެވެ.

މި ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކެދިކުޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މަޖިލީސް އިންތިހާބުގެ ކެމްޕެއިން ކުރެއްވިކަމަށް ތުހުމަތުކޮށް އެ ރަށު ކައުންސިލުން ނެރުނު ބަޔާނެކެވެ.

ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައުފް ވިދާޅުވީ، އެ ކައުންސިލަށް ލިބިފައިވާ ގާނޫނީ ލަފަޔާއެކު ކައުންސިލް މެމްބަރުން ނިންމީ ބަޔާން ބާތިލު ނުކުރުމަށް ކަމަށައި، އެގޮތަށް ނިންމީ ބަޔާން ބާތިލު ކުރަން ޖެހޭނެފަދަ ގާނޫނީ ސަބަބެއް އެލްޖީއޭއަށް ބުނެދެވިފައި ނުވާތީ ކަމަށެވެ.

އެލްޖޭއޭއިން ވަނީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ސޮއި ނެތުމާއެކު، އެކަމަށް ޒިންމާވާނެ ފަރާތެއް ނެތުމަކީ ބަޔާނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް މިކަމަށް ރައްދު ދެމުން ކެނދިކުޅުދޫ ކައުންސިލުން ބުނީ ދައުލަތުެ އެކިއެކި ވުޒާރާތަކުންވެސް އެއްވެސް ފަރާތެއްގެ ސޮއި ނުހިމެނޭ ގޮތަށް ހަމައެކަނި ސިއްކަ ޖެހުމަށްފަހު ނެރޭ ނޫސްބަޔާންތަކުގެ ސައްހަ ކަމާމެދުވެސް ސުވާލުއުފެއްދޭނެކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ މި ދަތުރުފުޅަކީ އެފަދަ ދަތުރެއް ނޫން ކަމަށާއި، އެއީ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅެއްކަމަށް ބުނެ ދެކެވުނު ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-