-Advertisement-

-Advertisement-

މެއި 10 ވަނަ ދުވަހުން ފެށިގެން ޔުނީފޯމް އަދި ކުލަ ހެދުމުގައިވެސް އިންޑިއާ ސިފައިން ނުތިބޭނެ: ރައީސް

ރައީސް ޑރ. މުއިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު

މެއި 10 ވަނަ ދުވަހުން ފެށިގެން ޔުނީފޯމް އަދި ކުލަ ހެދުމުގައިވެސް އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކުރާތީ ދޮގު ހަދާ އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މެއި 10 ގެ ފަހުން އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެކަމަށެވެ.

“އެއީ ޔުނީފޯމް ގަތޯ، ކުލަ ހެދުމުގަތޯ އެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައި އިންޑިއާ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ. އެކަން ޔަގީންކަމާ އެކު ދަންނަވަން،” ރައީސް

ރާއްޖެ-އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، އިގްތިސޯދީ ދާއިރާ އާއި ދިފާއީ ދާއިރާ އާއި ތަރައްގީ އާ ގުޅުންހުރި ކަންކަމުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނުކަމަށާއި، ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ސިފައިން އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

އެކަމަކު ފޮނުވާލާނީ ކިތައް ސިފައިން ކަން އެ ބަޔާނުގައި ހާމައެއް ނުކުރެއެވެ. ހަމަ އެހެންމެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނުގައި ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާ ވާހަކަ ދެކެވިފައިވާކަން ބަޔާންކޮށްފައެއް ނެތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-