ކެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަނދަރުގެ މައްސަލަކަމަށާއި އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތެރެއިން ކެންދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ކެންދޫގެ ބަނދަރާއި ބިން އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން މަގުތައް ހެދުމާއި، ދެ ބުރީގެ މިސްކިތެއް ހެދުމާއި، އޭޓީއެމްއެއް ބެހެއްޓުމާއި، އިޖުތިމާއީ މަރުކަޒެއް ގާއިމުކުރުން އަދި ފުޓުބޯޅަ ދަނޑުގައި ލައިޓު ހަރުކުރުމާއި ރޮސްޓްރޮމް ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށާއި އެންމެ މުހިންމު ކަމެއް ދީގެން ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްގީއަށް ކުރަން ހުރި ހުރިހާ މަސައްކަތެއްގައި އަޅުގަނޑުމެން ކުލަ ޖައްސައިދޭނަން. މި ރަށުގައި ކުރަން ހުރި މަސައްކަތްތައް، ބަނދަރު މައްސަލަ އެންމެ ބޮޑު މައްސަލަ. ރަނގަޅު ފެންވަރުގައި ބަނދަރު ހަދައިދޭނަން އިރާދަކުރެއްވިއްޔާ. ބިން ހިއްކުމުގެ މަސައްކަތް ވެސް، އަދިވެސް ބައިވަރު މަސައްކަތްތައް،” ރައީސް
ރައީސް އިތުރަށް ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއުތައް ފެށޭ ގޮތްވަނީ ކުރީ ސަރުކާރުން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާތައް ދައްކަން ފެށުމުންކަމަށެވެ.