-Advertisement-

-Advertisement-

ހުރާ ދާއިރާއަށް އަމިއްލަ ގޮތަށް ނުކުންނަވާ ކެންޑިޑޭޓު އަނާރާއަށް ސަރުކާރުގެ ތާއީދު!

އަނާރާ ނައީމްގެ ކެމްޕެއިނުގެ ތެރެއިން /ފޮޓޯ: އަނާރާ

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކ. ހުރާ ދާއިރާއަށް ވާދަކުރަން ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި، ސަރުކާރުގެ އިސް ބޭފުޅުންގެ ތާއީދު ހުރާ ދާއިރާގެ މަޖިލިސް ޕްރައިމަރީން ބަލިވި އަނާރާ ނައީމަށް އޮތް ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އަނާރާގެ ކެމްޕޭނުގައި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ގެތަކަށް ދޮރުން ދޮރަށް ހިންގުމުގެ ހަރަކާތުގައި ވެސް ބައިވެރިވެފައިވުމުންނެވެ. މި ފަރާތްތަކުގެ ތެރޭ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ހިމެނިވަޑައިގަންނަވައެވެ.

އަނާރާ މިއަދު އެކްސްގައި ޕޯސްޓު ކުރެއްވި ފޮޓޯތަކުން އޭނާގެ ކެމްޕޭނުގައި މި ބޭފުޅުން ފެނިފައި ޥާއިރު، ހުރާ ދާއިރާއަށް އަނާރާއާ ވާދަކޮށް ޕީއެންސީގެ ޓިކެޓް ހޯދާފައި ވަނީ އަބްދުﷲ ވާރިސްއެވެ.

18 ވަނަ މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމްސީލު ކުރައްވާފައިވާ އަނާރާ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ބުނެއެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީން ބަލިވި ބައެއް ފަރާތްތަކުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމައި އަންނަނީ ކެމްޕޭނު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-