-Advertisement-

-Advertisement-

އުމުރަށް ޖަލަށްލީ 314 މީހަކު މިދިޔަ ސަރުކާރުގައި ވަނީ ދޫކޮށްލާފައި!

މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކު މިދިޔަ ސަރުކާރުގައި ދޫކޮށްލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އިހްސާން ވިދާޅުވީ މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި ހާއްސަކޮށް މާލެ ސަރަހައްދާއި މީހުން ގިނަ ރަށްރަށުގައި ވައްކަމާއި ފޭރުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށާއި އެ ފަދަ ކަންކަމުގައި ގިނައިން އުޅެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ.

އަދި މަސްތުވާތަކެތީި ޓްރެފިކް ކުރާ މީހުންނާއި ޑީލް ކުރާ މީހުންގެ މައްސަލަތައް ކުޑަކޮށް ބައްލަވާލެއްވި ކަމަށާއި އެ މީހުންގެ ކުށްތައް ސާބިތުވެ، ޖަލަށްލާ، ދޫކޮށްފައި ހުރި ގޮތްތައްވެސް ބައްލަވާލެއްވި ކަމަށެވެ. އަދި އެގޮތުން ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް މިދިޔަ 5 އަހަރުގެ ތެރޭގައި މާފު ދީފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވީ އުމުރަށް ޖަލަށްލުމަށް މީހަކަށް ހުކުމްކުރަނީ ފުލުހުން އެ މީހަކާމެދު ހިންގާ ވަރަށް ބޮޑު ބުރަ ތަހުގީގަކަށްފަހު ސާބިތުވާ މިންވަރަށް ބޮޑެތި ކަންކަން ފާހަގަވުމުންކަމަށެވެ.

ނަމަވެސް އެއާއެކު ވެސް އެ ފަަދަ ބޮޑެތި ކުށްވެރިން މިނިވަންކޮށްފައި ތިބުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އިހްސާން ވިދާޅުވީ 314 މަސްތުވާތަކެތީގެ ޓްރެފިކް ކުރާ މީހުން އާންމު މުޖުތަމައުގެ ތެރެއަށް ދޫވެގެން ދިއުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އަންނަ ވަރަށް ބޮޑު އުނދަގުލެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-