-Advertisement-

-Advertisement-

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައިހުރި އުޅަނދުތައް ޓޯކުރަން ފަށައިިފި

ފުލުހުން / ފޮޓޯ: ރައސިްއޮފީސް

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައިހުރި އުޅަނދުތައް ޓޯކުރަން ފަށައިިފިއެވެ.

ގަވާއިދާ ހިލާފަށް މަގުތަކުގައި ޕާކުރުމުގެ މައްސަލަ ބޮއްސުންލާފައި އޮތުމުން އާދިއްތަ ދުވަހު ފުލުހުން ވަނީ އަނެއްކާ ވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަން އިއުލާނުކޮށްފައެވެ.

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދުގެ 14 ވަނަ މާއްދާގެ ށ. ގައި ވަނީ ޕާކިން ވައޮލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވާ ގަވައިދާ ހިލާފަށް ޕާކު ކުރާ ފަރާތްތައް 750ރ. އިން ޖޫރިމަނާވެސް ކުރަން ވަނީ ނިންމާފައެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަގު ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އަދި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް އަދި އިމަޖެންްސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ނުދުއްވުމަށާއި މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގައި ޕާކިން ޒޯނުތައް ފިޔަވައި އިތުރު ތަންތާ ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-