-Advertisement-

-Advertisement-

ރުފިޔާގެ އަގު ހިފެހެއްޓި، އިގްތިސާދައް ހެޔޮ ބަދަލެއް އެބަ އާދޭ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. މީދޫގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ފައިސާ ޗާޕްކުރުން ހުއްޓާލުމުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ދަށްވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދަރަނީގެ ގޮތުގައި އެކި ކުންފުނިތަކަށް 9 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވާކަމަށެވެ. އެ ދަރަންޏާއި އެހެން ގައުމުތަކަށް ދައްކަންޖެހޭ ބޮޑެތި ލޯނުތައް ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުން ކުރަމުންދިޔަ ފައިސާ ޗާޕްކުރުން ހުއްޓާލައިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައިއެވެ.

“ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ، އަޅުގަނޑުމެންގެ ގައުމު ބަގުރޫޓްވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގަ ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެންދާނެ. 20 ރުފިޔާއަށް ވުރެ ވެސް މައްޗަށް. އިގުތިސޯދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ ހެޔޮ އަސަރު މިހާރު ވެސް ފެންނަމުން އަންނަ ކަމަށާއި, ޑޮލަރުގެ ރޭޓް ދައްވެ އިގުތިސޯދު ރަނގަޅުވަމުން އަންނަކަމަށެވެ. ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އެންމެ އިސްކަމެއްދީގެ ވެލާނާ އެއާޕޯޓް މަޝްރޫއު އަވަހަށް ނިންމައި ހުޅުވުމުގެ މަސައްކަތް ކުރާކަމަށްވެސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-