-Advertisement-

-Advertisement-

އަނަސްގެ މަރުގެ މައްސަލައިގައި ސަލާމަތްވި މީހަކު ޑްރަގްގެ ބޮޑު މައްސަލައެއްގައި ހައްޔަރަށް

ފުލުހުން މަސްތުވާތަކެތި އަތުލައިގަންނަނީ

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ޖަހައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ކުރި ދައުވާ ސާބިތުނުވެ، ދޫކޮށްލި މީހަކު ޑްރަގްސްގެ މައްސަލައެއްގައި ރޭ އަނެއްކާ ހައްޔަރުކޮށްފި އެވެ. އަނަސް މަރާލި ކަމުގެ ތުހުމަތުގައި މި މީހާ ހައްޔަރު ކުރީ މީގެ 4 އަހަރު ކުރިންނެވެ.

ޖުލައި 2017 ގައި އަނަސް މަރާލި މައްސަލައިގައި ދައުވާ ލިބުނު ހަތް މީހަކަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

މިކަމާއި ގުޅިގެން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގެ ހުކުމްގެ ރިޕޯޓު އަދި ވެސް ނުލިބޭ ކަމަށާއި އެ ރިޕޯޓު ލިބުމުން ގާނޫނީ މާހިރުން ލަފާ ހޯދުމަށްފަހު އެ މައްސަލަ އިސްތިއުނާފުކުރަން ފަށާނެ ކަމަށް ނަވީން ވިދާޅުވި އެވެ.

ނަމަވެސް، ރޭ ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ލޯންޗެއް ބަލާ ފާސްކޮށް، މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ތެރޭގައި، އަނަސްގެ މަރުގެ މައްސަލައިން ސަލާމަތްވި ހަތް މީހުންގެ ތެރެއިން އެކަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެއީ ކާކު ކަމެއް، އަދި އޭނާ އާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އޭނާ ވިދާޅުވީ ޑްރަގް އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރަން އަންނަ އާދިއްތަ ދުވަހު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-