-Advertisement-

-Advertisement-

‎ޗަމްޕާ ބްރަދާސް އިން 50،000 ކާށި، 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ ހަދިޔާ ކުރަނީ

ފޮޓޯ: މިހާރު

ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ އެއް ކުންފުނި، ޗަމްޕާ ބްރަދާސް އިން ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް ދިވެހިންނަށް 50،000 ކާއްޓާއި50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ ހަދިޔާކުރަން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި  ލޯކަލް ގަވަމެންޓް މިނިސްޓްރީއާ މިއަދު 10 ޓަނު ފިޔާ ހަވާލުކުރާނެ އެވެ. އަދި ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ރޯދަ މަހުގެދެވަނަ ދުވަހުގެ ކުރިން ކާއްޓާއި ކަރާ ވެސް އެ މިނިސްޓްރީއާ ހަވާލު ކުރާނެއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ޗަމްޕާ ބްރަދާސް އިން ވަނީ ކާއްޓާއި ކަރާ ދިވެހިންނަށް ބަހައިފަ އެވެ. އޭރު ބަހަން ހަވާލުކުރީ ސިޓީ ކައުންސިލާ ހަވާލު ކުރިނަމަވެސް.

މި ފަހަރު ލޯކަލް ގަވަނެންސް މިނިސްޓްރީއާ ހަވާލުކުރީ ރަށްރަށަށް ވެސް އެ ތަކެތި ގެންދިއުމަށް ފަސޭހަވާނެތީ ކަމަށް އެ ކުންފުނިން ބުންޏެވެ

ސިޓީ ކައުންސިލުން މިދިޔަ އަހަރު ބެހީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ދިއުމުންއެ ތަކެތި ލިބޭ ގޮތަށެވެ. ކޮންމެ މީހަކަށް ކަރަ އާއި ފަސް ކާށީގެ ރޭޓުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-