-Advertisement-

-Advertisement-

އައިޓީބީގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ކުންފުނި، 214 މަންދޫބުން

ފޮޓޯ؛ ރާއްޖެ އެމްވީ

ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، އައިޓީބީގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ކުންފުނިތައް ބައިވެރިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީން އިސް ނަގައިގެން ރާއްޖޭން ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ބައިވެރިވާ އައިޓީބީ ފެއާގައި މި އަހަރު ރާއްޖޭގެ 107 ޓޫރިޒަމް ވިޔަފާރި ކުންފުނިން، 214 މަންދޫބުން ބައިވެރިވެއެވެ. މި އަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ ވަފުދުގެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ.

އެމްއެމްޕީއާރުސީގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އައިޓީބީ 2024 ގައި ޖަރުމަނާއި މުޅި ދުނިޔޭގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއެކު ވަރުގަދަ ގުޅުންތަކެއް ގާއިމުކުރުމެވެ..

އެގޮތުން އިން-ޕާސަން ބައްދަލުވުންތައް ބޭއްވުމާއި ބަދަލުވަމުން އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ މަލަމައްޗާއި ފަތުރުވެރިކަމުގެ ތަފާތު ހުށަހެޅުންތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަކީ އެ ހަރަކާތުގެ މުހިންމު ބައެއް ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީން ބުނީ، ރާއްޖޭގެ 504 އަކަމީޓަރުގެ ސްލޮޓެއްގައި ދެބުރިއަށް ހަދާފައިވާ ސްޓޭންޑުގައި 104 ކޯ އެގްޒިބިޓާ ކައުންޓަރާއި 60 ބީޓުބީ މީޓިން މޭޒު ހިމެނޭ ކަމަށެވެ. އަދި މި އަހަރުގެ ފެއާގައި “މޯލްޑިވްސް މީޑިއާ މީޓު” ގެ ނަމުގައި، ޖަރުމަނާއި ދުނިޔޭގެ މަޝްހޫރު މީޑިއާތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-