-Advertisement-

-Advertisement-

ދިވެހި ސަރުކާރަށް ދޭން ޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށައަޅަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ދިވެހި ސަރުކާރަށް ދޭން ޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށައަޅަން ނިންމައިފިއެވެ.

ވެންޓިލޭޓަރުތައް ހޯދަން ފެބްރުއަރީ 2، 2020ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައި ވާތީ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

މި މައްސަލައިގައި އޭސީސީން، އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ އެކު އެ މިނިސްޓްރީގައި މަސައްކަތް ކުރި 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ވެސް ފޮނުވިއެވެ. ނަމަވެސް ފަހުން އަމީން ހިމެނޭ ގޮތުން ބައެއް މީހުން އެ ލިސްޓުން އުނިކުރުމަށް ފަހު ވެސް ދައުވާކޮށްދޭން މައްސަލަ ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް މި މައްސަލައިގައި ދައުވާ ކޮށްފައެއް ނުވެއެވެ.

މީގެއިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 ޑޮލަރު (3.4 މިލިއަން ރުފިޔާ) ސަރުކާރަށް ދެއްކުމަށާއި އެ ކުންފުނުން އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ އާބިޓްރޭޝަން ފީގެ ގޮތުގައި ސަރުކާރުން ދެއްކި ޖުމްލަ އަދަދު ކަމަށްވާ 132،865 ޑޮލަރު (2 މިލިއަން ރުފިޔާ) އެ ކުންފުނީގެ އަތުން ހޯދުމަށްވެސް އާބިޓްރޭޝަނުން ނިންމާފައިވެއެވެ. އަދި މިގޮތަށް ދައުވާ ކުރަން ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-