-Advertisement-

-Advertisement-

ނޮވެމްބަރުން ފެށިގެން، ގަވާއިދާ ހިލާފަށް އުޅޭ 817 ބިދޭސީން ވަނީ ފޮނުވާލާފައި: އިމިގްރޭޝަން

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް ޖުމްހޫރީ މައިދާނުގައި – ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ނޮވެމްބަރުން ފެށިގެން، ގަވާއިދާ ހިލާފަށް އުޅޭ 817 ބިދޭސީން ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގުރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި “ނެޝަނަލް ޓާސްކް ފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް” ގެ ނަމުގައި ހޯމް މިނިސްޓަރީން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފައިވާ ކަމަށާއި އެ ޓާސްކު ފޯހުން ފާއިތުވި މުއްދަތުގެ ތެރޭގައި 22 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ބޭރަށް ފުރުވައިލުމުގެ މަސައްކަތް ކުރައްވާނެކަމަށާއި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެއެވެ.

މި މައްސަލަ ކުރިން އޮތީ ނުބަލާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާކަން އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-