ޕާކިސްތާނަށް އައި ބާރުގަދަ ސްނޯގެ ތޫފާނެއްގައި އެތައް ބަޔަކު މަރުވެއްޖެއެވެ.
އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ އުތުރާއި ހުޅަނގުގެ ސަރަހައްދުތަކުގައި މޫސުމަށް އައި ކުއްލި ބަދަލުވުމެއްގެ ސަބަބުން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ސްނޯ ފައިބައި އެތައް ބަޔަކު ވަޅުލެވުނެވެ. އަދި މިމަކުގައި 35 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި 20 ކުޑަކުދިން ހިމެނެއެވެ.
އަދި ބޯކޮށް ސްނޯ ފޭބުމުގެ ސަަބަބުން ވަޅުލެވުނު ސަރަހައްދުތަކުން ބައެއް މީހުން ގެއްލިގެން ހޯދަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. ޕާކިސްތާނުގެ މެޓުން ބުނެފައިވާ ގޮތުން މީގެ ކުރިން ކުޑަ ވަގުތުކޮޅަކަށް މޫސުން ފިނިވެ ވާރޭ ވެހިފައިވީ ނަމަވެސް މި ފަހަރު މޫސުމަށް އައީ ބޮޑު ބަދަލެކެވެ.
ޕާކިސްތާނަށް މީގެކުރިން ސްނޯ ވެހިފައިވަނީ މީގެ 25 ނުވަތަ 30 އަހަރު ކުރިންނެވެ.