-Advertisement-

-Advertisement-

އެމްޓީސީސީގެ ދަރަނި 954 މިލިއަން ރުފިޔާގައި!

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މި ވެރިކަން ފެށި، އެމްޓީސީސީއާ، އާ މެނޭޖްމަންޓުން ހަވާލުވި އިރު މާލީ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި އެ ކުންފުނިން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ 954 މިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް ކަމަށް އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒިޔާދު ވިދާޅުވީ މިދިޔަ ސަރުކާރުން އެމްޓީސީސީއަކީ ވަރަށް ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއް ކަމަށް މީޑިއާތަކަށް ތިލަކޮށްދީފައި އޮތް ނަމަވެސް، ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރާކަމަށެވެ.

މީގެއިތުރުން އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ހުސެއިން މުހައްމަދު މަނިކު ވިދާޅުވީ، އެ ކުންފުންޏަށް ލިބެން ޖެހޭ، އެކަމަކު ނުލިބިވާ 1.7 ބިލިއަން ރުފިޔާ އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 800 މިލިއަން ރުފިޔާއަކީ ސަރުކާރުން ލިބެން ޖެހޭ އަދަދު ކަމަށް ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ، އެ ކުންފުނިން ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ވެސް ޑޮލަރުން އާމްދަނީ ލިބޭ ޕްރޮޖެކްޓްތަކަށް ދިއުމުން ފަސޭހަވާނެ ކަމަށެވެ. އެ ކުންފުނިން މިދިޔަ ޖެނުއަރީ މަހު ވެސް 19 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށައިފައިވާ ކަމަށާއި 1.1 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރުމަށް ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާ ކަމަށެވެ. އަދި ކުންފުންޏަށް ގެއްލުންވާ ގޮތައް ހުރި ކަންކަމާ ގުޅޭ ގޮތުން އޮޑިޓްތައް ހަދަމުން އަންނަ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-