-Advertisement-

-Advertisement-

އިސްރާއިލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ރާއްޖޭން އދ.ގެ އާންމު މަޖިލީހުގައި ގޮވާލައިފި

އދ ގައި ދިވެހިރާއްޖެ – ފޮޓޯ: ސިވިކަސް އޯއާރޖީ

އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

އިސްރާއީލުން ފަލަސްތީނާއި ދޮކޮޅަށް މިހާރު ކުރަމުންދާ ނިރުބަވެރި ނަސްލުނައްތާލުމުގެ އަމަލުތައް ހުއްޓާލުމަށް ދިވެހި ރާއްޖެއިން ގޮވާލާ އ.ދ. އާންމު މަޖިލީހުގައި ވާހަކަދައްކާފައިވަނީ ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ސަފީރު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު އެވެ. ފެބްރުއަރީގައި އދ ގެ ސަލާމަތީ މަޖިލީހުގައި ހުށައެޅުނު ގަރާރު ވީޓޯ ކުރުމަކީ އިސްރާއީލުން ހިންގާ އަމަލުތައް ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ޑރ. އަލީ ނަސީރު ސިފަކުރައްވާފައިވެއެވެ.

މީގެ އިތުރުން 29 ފެބްރުއަރީގައި އިންސާނީއެހީ އަށް ބޯޑަރ ކައިރީގައި ތިބި ކުށެއްނެތް ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ ސިފައިން ޝަހީދުކޮއްލިއުރުގައި އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއްނޭޅުމަކީ މުޅި ދުނިޔެ ލަދު ގަންނަން ޖެހޭ ކަމެއް ކަމުގައި ފާހަކަ ކޮއްލެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ރައްޖެ ތަމްސީލު ކުރެއްވި ޑރ. އަލީ ނަސީރުވަނީ އިޒްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ކޮއްވެރިކޮށް އެކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅެއް އަޅާދިނުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލެއްވިއެވެ.

7 އޮކްޓޯބަރ އިން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 30000 އަށް ވިރެ ގިން ފަލަސްތީނު ރައްޔިތުންވަނީ ޝަހީދު ކޮއްލާފައިއެވެ. އަދި އެތައް ހާސް މީހުންނަށް އަނިޔާވެ އެތައް މިލިއަން މީހުންގެ ގޮދޮރު ސުންނާފަތި ކޮއްލާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-