-Advertisement-

-Advertisement-

ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން މުހިންމު: އަފްރީން

އައިޝަތު އަފްރީން ހިޔަލަ ފޯރަމްގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވަޔަފާރީގެ ދާއިރާގައި އަންހެނުންނަށް ފުރުސަތު ފަހިކޮއްދިނުން މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އަނބިކަނބަލުން އައިޝަތު އަފްރީން ވިދާޅުވެއްޖެއެވެ.

ނައިބް ރައީސްގެ އަނބިކަނބަލުން މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓު ބޭންކު (އެސްޑީއެފްސީ) ގުޅިގެން ބޭއްވި “ހިޔަލަ ފޯރަމް 2024” ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަފްރީން ވިދާޅުވެފައިވަނީ ސަރުކާރުން ދަނީ އަންހެނުން ބާރުވެރިކުރުމާއި, ކުރިއެރުވުމަށް ތަރައްގީގެ މަސައްކަތްތައް ރާވާފައިވާ ކަމަށެވެ. އެގޮތުން މިދަޔަ ހަފްތާގައި އެސްއެމްއީ ޑިވެލޮޕްމަންޓު ބޭންކު (އެސްޑީއެފްސީ) އަންހެން ވިޔަފާރިވެރީން ކުރިއެރުވުމަށްޓަކައި ޚާއްޞަ ލޯނުތައް މިހާރު ތައާރަފް ކޮއްފައިވާކަން ފާހަގަކޮއްލެއްވިއެވެ. 

“މި ފޯރަމްގެ ސަބަބުން ބަނަވެފައިވާ ދުނިޔެއެއްގައި އަދުގެ މުޖުތަމައުގައި އަންހެނުންނަށް ދިމާވާ ތަފާތު ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެވޭނެ. އަދި އެކަންކަން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރާއި އާންމު ފަރުދުންގެ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެވިދާނެ،” އަފްރީން ވިދާޅުވިއެވެ.

އެއާއެކު، އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ އަންހެނުންގެ އަދަދު ނިސްބަތުން އިތުރުވި ނަމަވެސް ވިޔަފާރި ފަދަ ދާއިރާގައި އަންހެނުން އުޅޭ ނިސްބަތް މަދުކަމަށެވެ. މި ފަދަ ފޯރަމްތަކުގެ ސަބަބުން އެކަންތަކަށް މެދުވެރިވާ ސަބަބު ދެނެގަނެ އެކަން ހައްލުކުރެވޭނެ ކަމަށް ވަދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-