-Advertisement-

-Advertisement-

ހުރިހާ ސްކޫލެއް އޭސީ ކުރަނީ، ބޭނުން ކުރާނީ އިއާދަކުރަނިވި ހަކަތަ: ރައީސް

ފެލިދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ރައީސް އޮފީސް

އިއާދަކުރަނިވި ހަކަތައިން ބޭނުންކޮއްގެން ކަރަންޓް އުފެއްދުމަށް ބޮޑު މަޝްރޫއެއް ކުރިޔަށްގެންދަން ސަރުކާރުން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ރައީސް މިކަން އިއުލާން ކޮއްދެއްވީ ވ. ފެލިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުނެވެ. ރައީސް ވިދާޅުވެލެއްވީ ކުލާސް ރޫމް އޭސީ ކޮއްދިނުމަށް ވަރަށް ގިނަ އަދަދެއްގެ ކުދިން އެދިލައްވާކަމަށެވެ. އަދި އެކަމަކީ މިހާރުވެސް ކުރެވިދާނެކަމެއް ކަމަށާއި ނަމަވެސް އޭރުން ކޮންމެ މަހަކު ބޮޑު ބިލެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގަ ހައްލަކީ ރިނުއަބަލް އެނާޖީ ބޭނުން ކުރުން ކަމުގައި ދެންނެވިއެވެ. އޭގެ ބޮޑު މަޝްރޫއެއް އަންނަ އަހަރު ފެށޭނެ ކަމަށެވެ

” އަންނަ އަހަރު އޭގެ ބޮޑު މަޝްރޫއެއް ފެށޭނެ. މިއަހަރުގެ ބަޖެޓުގައި އެވަރު ނެތީމަ. ކޮންމެ ގޮތެއްވިޔަސް އޭސީ ކުރެވިދާނެ، އެކަމަކު ކޮންމެ މަހަކު ބިލު އަންނާނެ. އެހެންވީމާ ދެމެހެއްޓެނިވި ކަމަކަށް ވާނީ ސޯލާ ޕަވާއަށް ދިއުން، ރިނުއަބަލް އެނާޖީއަށް ދިއުން،” އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ފިނި ކުރެވޭނެ ނިޒާމެށް އަންނަ އަހަރު ބަދަލުކުރެވޭނެކަމަށެވެ. ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުން އޭސީކުރަން ބޭނުން ނުވާކަންވެސް ފަހަގަ ކޮއްލެއްވިއެވެ. އެފަދަ ސްކޫލްތަކަށް އެފުރުސަތު ދެއްވާނެ ކަމުގައިވެސް ރައިސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-