-Advertisement-

-Advertisement-

ހުޅުމާލެ ފޭސް ދޭއްގެ ލޯކަލް މާރުކޭޓް ގޮޅިތައް ހިލޭ ހުޅުމާލެ ރައްވެހިނަށް ދޭނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން މައި ބިލްޑިންގް – ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް ދޭއްގެ ލޯކަލް މާރުކޭޓް ގޮޅިތައް ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފެބްރުއަރީ 28 ގައި ފޭސް ދޭއްގެ ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވުނު ނަމަވެސް މުއްދަތް ހަމަވިއިރު އެކަމަށް ޝައުގުވެރިވެ އެއްވެސް ފަރާތަކުން ހުށައަޅާފައިނުވާ ކަމަށެވެ. އެހެން ކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުއްޔަކާ ނުލާ ގޮޅިތައް ދޫ ކުރަން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ގޮޅި ދޫކުރާނީ 2 އަހަރުގެ މުއްދަތަކަށެވެ. މި 2 އަހަރުގެ މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށް އެޗްޑީސީ އިން ބުނެފައިއެވެ. ޖުމްލަ 16 ގޮޅިއެއް މި އުސޫލުން ދޫކުރާނެ ކަމަށާއި އެކަމަކު ގޮޅި ދޫކުރާނީ ހުޅުމާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށްއެކަންޏެވެ.

މިކަމަށް ޝައުގުވެރިވާ ހުޅުމާލެ ރައްޔިތުން ފޯމް ހުށައެޅުމަށް އެޗްޑީސީން ވަނީ ހުޅުވާލައިފައިއެވެ. ފޯމް ބަލައިގަތުން އޮންނާނީ 9 މަރޗް ވާ ހޮނިހިރު ދުވަހު ހެނދުނު 9:30 އިން 11:00 އަށް ގާޒީ ސުކޫލުގައިއެވެ. ފޯމް www.hdc.mv އަދި properties.hdc.mv އިން ލިބެން ހުންނާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-