-Advertisement-

-Advertisement-

އެމެރިކާގެ ރިޕަބްލިކަން ޕާޓީ ޕްރައިމަރީގެ އެންމެ ކުރީގައި ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް ސުޕަ ޓިއުޒްޑޭ ކާމިޔާބީއަށް ފަހުގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ – ފޮޓޯ: ދިޓައިމްސް ޔޫކޭ

އިއްޔެ ބޭއްވުނު ރިޕަބްލިކަން ޕާޓީގެ “ސުޕަ ޓިއުޒްޑޭ” ޕްރައިމަރީގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑު ކާމިޔާބީއެއް ހޯއްދަވައިފިއެވެ.

ސުޕާ ޓިއުޒްޑޭ އަކީ އެމެރިކާގެ ރިޔާސީ ރޭހުގައި ވަރަށް މުހިންމު ދުވަސްތަކެކެވެ. އެދުވަހު ޕާޓީގެ ގިނަ ޕްރައިމަރީއެއް ބާއްވާ ޕްރައިމަރީ ރޭހުގައި ކުރިޔަށް ޖެހިލުމުގެ ފުރުސަތު ލިބެއެވެ. މިދިޔަ އަންގާރަ ދުވަހު 15 ސްޓޭޓެއްގައި 854 ރިޕަބްލިކަން ޑެލިގޭޓުން ހިމެނޭ ޕްރައިމަރީ ބާއްވައިފައިވެއެވެ. ރިޕަބްލިކަން ޕްރައިމަރީ ބޭއްވުނު 15 ސްޓޭޓުންގެ ތެރެއިން 14 ޓްރަމްޕް ވަނީ ކާމިޔާބީ ހާސިލްކޮށް ވާދަވެރި ކެންޑިޑޭޓް ނިކީ ހޭލީގެ މައްޗަށް ކުރި ހޯދާފައިއެވެ.

“ސުޕަ ޓިއުޒްޑޭ” ގެ ނަތީޖާއަށް ފަހުގައި މިހާރު ވަނީ ގާތްގަނޑަކަށް ރިޕަބްލިކަން ކެންޑިޑަސީ ޑޮނަލްޑް ޓްރަމްޕްއަށް  ކަށަވަރުވެފައިއެވެ. ޓްރަމްޕުގެ ވާދަވެރި ކެންޑިޑޭޓް ނިކީ ހޭލީ މިހާރުވަނީ ކެމްޕެއިން ހުއްޓާލެއްވުމަށް ނިންމައި އެކަން އިއުލާންވެސް ކޮއްފައިއެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕް ދާއިދު ކުރައްވާނެ ކަމަށް ވިދާޅުވެފައިނުވެއެވެ. ހޭލީގެ ކެމްޕޭން އޮފީސްގައި ބޭއްވި ޕްރެސްގައި ބުނެފައިވަނީ މިހާރު ޓްރަމްޕްއަށް ޕާޓީ ޓިކެޓް ގާތްގަނޑަކަށް ކަށަވަރު ވެއްޖެ ކަމަށާއި މިހާރު ޕާޓީގެ އާންމެ މެންބަރުންގެ އިތުބާރު ހޯދުމަކީ ޓްރަމްޕްއަށް އޮތް ޒިންމާއެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވާދަކުރައްވާނީ އިދިކޮޅު ކެންޑިޑޭޓް ޑިމޮކްރެސްގެ ޖޯ ބައިޑެންއާއެވެ. ޑިމޮކްރެޓްސްގެ ޕްރައިމަރީ ފަސޭހަ ކަމާއި އެކުގައި ރައީސް ބައިޑެން ވަނީ ކަމިޔާބު ކޮއްފައިއެވެ.

ސުޕަ ޓިއުޒްޑޭގެ ނަތިޖާއަށް ފަހުގައި ކާމިޔާބީގެ އުފާ ފާޅުކުރެއްވުމަށް ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މިއީ “އުފާވެރި ރެއެއް، އުފާވެރި ދުވަހެއް” ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ މިއީ “ސުޕަ ޓިއުޒްޑޭ ކަމަށް ކިޔަނީ ސަބަބެއް އޮތީމާ” ކަމަށެވެ.

2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވީ އޭރުގަ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި މިހާރުގެ ރައީސް ޖޯ ބައިޑަންއެވެ. ޓްރަމްޕް އެ އިންތިހާބު ނާކާމިޔާބްވީ 7 މިލިއަން ވޯޓްގެ ތަފާތުންނެވެ. ރިޔާސީ އިންތިހާބު ނާކާމިޔާބު ވަނާއި އެކުގައި ހިންގެވި އަމަލުތަކާ ގުޅިގެން ޖިނާއީ ހަތަރު ދައުވާއެއްގައި، 91 މައްސަލައެއް ޓްރަމްޕްގެ މައްޗަށް އެބަ އޮތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-