-Advertisement-

-Advertisement-

އަނެއްކާވެސް މުދާ އުފުލާ ބޯޓަކަށް ހޫތީންގެ ހަމަލާއެއް

"ޓުރޫ ކޮންފިޑެންސް"ގެ ސެޓަލައިޓް ފޮޓޯއެއް – ފޮޓޯ: ޔޫއެސް ސެންޓްރަލް ކޮމާންޓް

ރަތް ކަނޑު ހުރަސް ކުރަމުންދިޔަ ގްރީސްގެ މުދާ އުފުލާ ބޯޓް “ޓުރޫ ކޮންފިޑެންސް” އަށް ހޫތީން ހަމަލާދީފިއެވެ.

ޔަމަނުގެ އައްސޭރިން 54 ނޯޓިކަލް މޭލު ބޭރުން ދަތުރުކުމުން ދިޔަ މުދާ އުފުލާ ބޯޓަށް ހަމަލާ ދީފައިވަނީ މިދިޔަ ބަދު ދުވަހުގައި އެވެ. މި މިސައިލް ހަމަލާގައި ބޯޓުގައި އަލިވާން ރޯވެ ފަޅުވެރިން ވަނީ ބޯޓް ދޫކޮއްލައިފައިއެވެ.

ހާދިސާ ހިނގިތަނުގެ މެޕެއް – ފޮޓޯ: ޔޫކޭއެމްޓީއޯ

“ޓުރޫ ކޮންފިޑެންސް” ދަތުރު ކުރަމުންދިޔައީ ޗައިނާއިން ސައުދީ އަރަބިއާ އަށެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި ބޯޓުގައި އުފުލަމުން ދިޔައި ދަގަނޑުގެ ބާވަތެވެ. އެމެރިކާއިން ބުނަމުން ދަނީ އެ ބޯޓުގައި ހުރީ 21000 ޓަނުގެ އެމޯނިއަމް ނައިޓްރިކް ފާޓިލައިޒާ ކަމަށެވެ.

ހޫތީން ކޮންޓްރޯލްކުރާ ޓީވީ ޗެނަލްއެއް ކަމަށްވާ އަލް- މަޝްރަޙްގައި ރިޕޯޓް ކޮއްފައިވާގޮތުގައި މި ބޯޓަށް ހަމަލާދިނުމާއި ގުޅިގެން އެމެރިކާއިން ވަނީ ހޫތީންގެ މައި އެއާޕޯޓަށް މިސައިލް ހަމަލާތަކެއް ދީފައިއެވެ.

ހޫތީންގެ މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ޓްރޭޓަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެމެރިކާ އާއި އިންގިރޭސިވިލާތުން މިކަން ކުއްވެރިކޮށް މި އަމަލުތައް ހުއްޓާލަން ވަނީ ގޮވާލާފައިއެވެ.

އިސްރާއީލުން ފަލަސްތީނަށްދެމުންދާ ހަމަލާތައް ކުއްވެރިކޮށް އެކަން ހުއްޓަލުމަށް ގޮވާލާ މިދިޔަ އަހަރު ނޮވެންބަރ އިން ފެށިގެން ހޫތީން ދަނީ ރަތް ކަނޑު ހުރަސްކުރާ މުދާ އުފުލާ ބޯޓުތަކަށް ހަމަލާ ދެމުންނެވެ. އަދި މި ހަމަލާތައް އިސްރާއީލުން ފަލަސްތީނާއި ދޮކޮޅަށް ހަނގުރާމަކުރާހާ ހިނދަކު ހުއްޓާ ނުލާނެ ކަމަށް ހޫތީން ބުނެއެވެ.

މިހާތަނަށް އިސްރާއީލުން ވަނީ 30000 އަށްވުރެގިން ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮއްލައިފައިއެވެ. އަދި އެތައް ހާސް ބަޔަކު ހާލުގައި ޖައްސައިފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-