-Advertisement-

-Advertisement-

މިނިސްޓްރީގެ އަމާޒަކީ ރަމަޟާން މަހުގެ ކުރިން މަސްވެރިންނަށް ފައިސާ ދޫކުރުން: މިނިސްޓަރ

ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ހއ. އިހަވަންދޫގައި ވަހަކަ ދައްކަވަނީ – ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މަސްވެރިންނަށް ދައްކަންޖެހޭ 50 މިލިއަން އެއްކޮށް ނުދެއްކޭ ކަމަށާއި އެ ފައިސާ ދޫ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޭން ސަރުކާރުން ނިންމީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ.

“އަޅުގަނޑުމެން އޭރު ކޫއްޑޫގައި ކުރިއަށްދިޔަ މުޒާހަރާގައި އަޅުގަނޑުމެން ދެ ޑޭޓެއް ދިނީ، ދެ ޑޭޓެއް ދިންއިރުގައި ދެން ފުރަތަމަ ޑޭޓުގައި ވަކިވަރެއް ވަރެއް، 100 މިލިއަން ރުފިޔާ ފުރަތަމަ ޑޭޓެއް، އެއީ 26 ފެބްރުއަރީ، އެހެންނަމަވެސް 26 ފެބްރުއަރީއަށް ވީއިރުގައި އަޅުގަނޑުމެން 105 މިލިއަން ރުފިޔާ ދެއްކިން 100 މިލިއަންގެ ބަދަލުގައި،” ޝިޔާމް ވިދާޅުވި އެވެ.

އަހުމަދު ޝިޔާމް ވިދާޅުވީ އެ މިނިސްޓްރީއިން މަސައްކަތް ކުރަމުންދަނީ ރަމަޟާން މަހުގެ ކުރިއަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްކޮށްދެއްކުމަށްކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-