-Advertisement-

-Advertisement-

އެންމެންނަށް މާލެއިން ގެދޮރުގެ ފުރުސަތު ލިބޭނެ: ރައީސް

ރައީސް ޑރ. މުއިއްޒު

އެންމެންނަށް މާލެއިން ގެދޮރުގެ ފުރުސަތު ލިބޭނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ  ‘ރައީސްގެ ޖަވާބު’ ސިލްސިލާގެ މިއަދުގެ ޕްރޮގްރާމްގައި ދ.މީދޫ، އާސްޓްރާ، ފަރިޔާޒް ހުސައިން  އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ސަރަޙައްދުން ހިޔާވަހިކަން ލިބޭނެތޯއާއި، މާލޭ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގެ ރަށްވެހިންނަށް ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، މާލޭ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެންމެހައި ރައްޔިތުންނަށް ވެސް އެ ކަމުގެ ފުރުސަތު ލިބޭނެ ފަދަ އުސޫލަކުން ކަަމަށެވެ. އެގޮތުން، މާލޭ ސަރަހައްދުން އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެކަމަކު ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭ ސަރަހައްދުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދޭން ކަމަށެވެ.

“މާލޭ ސަރަހައްދުގައި ގާއިމުކުރަން މަސައްކަތްކުރާ ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްތަކަކީ ހުރިހާ ރައްޔިތުންނަށް އޭގެ ފުރުސަތު ލިބިގެންދާނެ މަޝްރޫއުތަކެކޭ. އޭގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދިނުން އެއީ އެންމެ ފުރަތަމަ ކަމަކީ،”- ރައީސް

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-