-Advertisement-

-Advertisement-

ރައީސްގެ އަރިހުގައި ކުރިން ތިއްބެވި ބޭފުޅުން މިހާރު ނެތް، ރައީސް އެކެނިވެއްޖެ: ނަޝީދު

ރައީސް ޑރ. މުއިއްޒު އަދި ކުރީގެ ރައީސް ނަޝީދު

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންއިރު އަރިހުގައި ތިއްބެވި ބޭފުޅުން މިހާރު ނެތްކަމަށާއި އެހެންކަމުންރައީސް މިހާރު ހުންނެވީ އެކެނިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ  އިންޑިއާގެ ރިޕަބްލިކް ނަމަކަށް ކިޔާ ޓީވީ ޗެނަލެއްގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އެ ޕްރޮގްރާމުގެ ހޯސްޓު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހޯސްޓު ވަނީ ރައީސް މުއިއްޒުގެ ވެރިކަން ވެއްޓިނާތޯ ނަޝީދާ ސުވާލު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީރައީސް މުއިއްޒު ވެރިކަމަށް އާދެވުނީ ދެ ސަބަބަކާ ހެދި ކަމަށެވެ.

އެއީ ރައީސް ސާލިހުގެ ބަލިކަށިކަމުންނާއި އެމްޑީޕީ ތެރޭގެ ކޯޅުންގަނޑުގައި ޕާޓީ ދެބައިވެ ނަޝީދުގެ ސަޕޯޓަރުންވެސް ފަހުން ރައީސް މުއިއްޒަށް ތާއީދުކުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދު ކަމަށް ވިދާޅުވިއެވެ.

“މިހާރު އެ އެންމެން ރައީސް މުއިއްޒު ދޫކޮށް ހިނގައްޖެ، ރައީސް ޔާމީން ފެޔަށް ޖެހިވަޑައިގެންނެވުމުން މުއިއްޒުގެ އަމިއްލަ ޕާޓީ އޮތީ ބައިބައިވެފަ، މުއިއްޒު އަރިހުގައި އެކަކަވުސް ނެތް، އެ އެ ހުރީ ވަރަށް ބޮޑަށް އެކަހެރިވެފައި،” ނަޝީދު

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތް ސާފުވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުން ރަނގަޅު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-