-Advertisement-

-Advertisement-

ރޯދައަށް ހާއްސަކޮށްގެން ހުޅުމާލޭގައި އެޗްޑީސީއިން ގާއިމުކުރި ވަގުތީ މިސްކިތް ހުޅުވައިފި

އެޗްޑީސީއިން ހުޅުމާލެ ފޭސް2ގައި އަޅާފައިވާ ވަގުތީ މިސްކިތް/ ފޮޓޯ: އެޗްޑީސީ

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިން ޑިވެލޮމްޕެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލެ ފޭސް2ގައި ގާއިމުކުރި ވަގުތީ މިސްކިތް މިއަދު ހުޅުވައިފިއެވެ.

ހިޔާ ޕާކް ސަރަހައްދުގައި ގާއިމުކުރި މި މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދުލް ޝާކިރީންއެވެ.

މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވިފައިވާ މިސްކިތެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނީ މި މިސްކިތަކީ 100 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތުގައި އަންހެންބޭފުޅުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކުރި ދާއިމީ މިސްކިތެއް މާދަމާ ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ކުރިން ވިދާޅުވެފައެވެ.

އެ މިސްކިތާ ގުޅޭގޮތުން ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މިއީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-