-Advertisement-

-Advertisement-

މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރަންޖެހޭ: އެމްޑީޕީ

ރައްޔިތުން މަޖިލީހުގެ މެމްބަރުން /ފޮޓޯ؛ މަޖިލިސް

މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކުރަން ޖެހިފައިވާ މުހިންމު ކަމެއްކަމަށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ މަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ތެރެއިން އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ.

މި މަސައްކަތަށް ހުރިހާ ސިޔާސީ ޕާޓީތަކަކުން އެއްބާރުލުން ދިނުމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ އެދިފައެވެ.

ނިމުނު ސަރުކާރުގައި ވަޒީރުކަމުން ފެށިގެން ގޮސް ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކެއްގައި ގިނަ އަދަދެއްގެ އަންހެނުން އައްޔަންކުރެވިފައި ތިބި ކަމަށާއި އެމްބަސީތަކާއި ހައި ކޮމިޝަންތަކުގެ އިސް ވެރިންނަށް ފިރިހެނުންނާއި އެއްވަރަށް އަންހެނުން ތިބިކަމަށް އެ ޕާޓީން ބުނެއެވެ.

އެހެނިހެން ގިނަ ދާއިރާތަކުން އަންހެނުންނަށް ބޮޑެތި ލުއި ތަކެއް ނިމިދިޔަ ސަރުކާރުގެ ތެރެއިން ފަހިކޮށްދީފައިވާ ކަމަށް އެޕާޓިން ވަނީ ބުނެފައެވެ.

“އަންހެނުންނަށް ހާއްސަ ލޯނުތަކާއި އިގްތިސޯދީ މަސައްކަތްކުރުމަށް އެހީތެރިވެދިނުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގުނެވެ. އަންހެނުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަ މަސްދުވަސް ކަނޑައަޅައި، ދަރިއަކު ލިބުމާ ގުޅިގެން ފިރިހެނުންނަށް ވެސް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭނެގޮތް ހަދާދެވުނު،” އެމްޑީޕީ

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-