-Advertisement-

-Advertisement-

ކެނދިކުޅުދޫ ކައުންސިލުން ކުރި ކޮރަޕްޝަންގެ ތުހުމަތު ތަހުގީގު ކުރަން ޔާމީނު ގޮވާލައިފި

ރައީސް ޔާމީން / ފޮޓޯ: ސަން

ކެނދިކުޅުދޫ ކައުންސިލުން ރައީސް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރައްވާކަމަށް ބުނެ ކުރި ކޮރަޕްޝަންގެ ތުހުމަތު ތަހުގީގު ކުރަން ކުރީގެ ރައީސް ޔާމީނު ގޮވާލައިފިއެވެ.

އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ވާހަކަފުޅުދައްކަވަމުން ރޭ ޕީއެންއެފްއިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، ރަށެއްގެ ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ކައުންސިލަކުން ރައީސަށް ކުރަނީ ބޮޑު ތުހުމަތެއް ކަމަށެވެ. އެއީ، ކޮރަޕްޝަންގެ ތުހުމަތުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ އެ މައްސަލައިގައި އެލްޖީއޭއާއި ބަންޑާރަނައިބުގެ ހިޔާލުތަފާތުވުމާ ގުޅޭ ގޮތުން ބައެއް ސުވާލުތައް އަމާޒުކުރައްވައިފައެވެ.

މިކަން ނިމޭއިރު އެބަޖެހޭ ކެނދިކުޅުދޫ ކައުންސިލުން ދެއްކި ވާހަކަ ތަހުގީގުކުރަން. ނޫނީއްޔާ ބަންޑާރަނައިބު އެބަ ވިދާޅުވާންޖެހޭ އެ ދަތުރުފުޅުތައް އެބަޖެހޭ ތަހުގީގުކުރެވެން،” ޔާމީން

އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމުގެ މަގުސަދުގައި ރައީސް މުއިއްޒު ފައްޓަވާފައިވާ ދަތުރުފުޅުތަކުގައި ކެމްޕޭންކުރާ ކަމަށް ކެނދިކުޅުދޫ ކައުންސިލުން ތުހުމަތުކުރުމުން ސަރުކާރުން ސީދާ ރައްދެއް ދީފައެއް ނުވެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-